ތިލަފުށި ބަލައިފާސްކޮށް، 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

1 އަހަރު ކުރިން
|
0

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފުލުހުންނާ ގުޅިގެން ކ. ތިލަފުށީގައި ހިންގި އޮޕަރޭޝަނެއްގައި 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ މުވައްސަސާއިން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ  ބުރާސްފަތިދުވަހު ހެނދުނު ކުރިއަށްގެންދެވެނު މި ރެޑިޑުގައި 257 ބިދެށީއަކު ޗެކްކޮށްފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަނުގައި 28 އިމިގްރޭޝަން އޮފިސަރުންނާއި 35 ފުލުހުން ބައިވެރިވެފައި ވެއެވެ. އިމިގްރޭޝަނުން ބުނެފައި ވަނީ ޞައްޙަ ވިސާއެއް ނެތި އުޅެމުންދިއަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މިހާތަނަށް ކުރިޔަށް ގެންގޮސްފައިވާ ރެއިޑްތަކުގެ ތެރެއިން ޤަވާޢިދާ ޛިލާފަށް އުޅޭ 5000 ބިދޭސީން ވަނީ ފުރުވައިލާފައެވެ.