ޕީސް ފައުންޑޭޝަނުން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ "ސުޖޫދު" ކޭމްޕުގެ މިއަހަރުގެ ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ކޭމްޕަކީ 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން، އެ ކުދިން ނަމާދަށް އަހުލުވެރިކުރުމަށާއި ނަމާދުކުރާ ގޮތް ދަސްކޮށްދިނުމުގެ ގޮތުން ބާއްވާ ކޭންޕެކެވެ.
މި އަހަރުގެ ކޭންޕު ފަރުމާ ކޮސްފައި އޮތީ 2 ދަވަހުގެ މުއްދަތައް ހިންގާ ގޮތަށެވެ. މި ކޭންޕު މިއަހަރު ހުޅުމާލެ އަދި މާލޭގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހެފައެވެ.
މިގޮތުން މި ކޭމްޕު މާލޭގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 30އިން 31އަށެވެ. އަދި ހުޅުމާލޭގައި މި ކޭމްޕު އޮންނާނީ 2025 ވަނަ އަހަރު ޖެނުއަރީ 1އިން 2ކަށެވެ.
މި ކޭމްޕުގައި ދަރިވަރުންނަށް މަޢުލޫމާތު ދެއްވާނީ އޮސްޓްރޭލިއާގެ ދާޢީއެއް ކަމުގައިވާ ޝެއިޙް ނަސީމެވެ.މި ކޭމްޕުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި، ނަމާދުގެ މުހިންމުކަމާއި، ނަމާދު ކުރާނެ ގޮތާއި، ނަމާދުގައި ކިޔާ ބައެއް ޒިކުރުތަކާއި ޒިކުރުތަކުގެ މާނައިގެ އިތުރަށް ނަމާދާ ގުޅުންހުރި އެހެނިހެން ބައިތައް ވެސް ކިޔަވައިދުނުމަށް ހަމަޖެހިފައި ވާ ކަމަށް ޕީސް ފައުންޑޭޝަނުން މަޢުލޫމާތު ދެއްވައެވެ..
”ސުޖޫދު“ ކޭންޕުގައި ބައިވެރިވުމަށް ތިރީގައި ވާ ލިންކުގައި އޮތް ފޯމު ފުރުމަށް އެ ޖަމިއްޔާއިން ދިވެހި ހުރިހާ ކުދިންނަށް ދައުވަތުދެއެވެ.
https://forms.gle/UPr1Z3rneAh5NWPq7
ނަމާދު ކޭމްޕާއި އަދި ޕީސް ފައުންޑޭޝަނުން ހިންގާ އެހެން ހަރަކާތްތަކުގެ މަޢުލޫމާތު ހޯއްދެވުމަށް 9552949އަށް ގުޅުމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ޕީސް ފައުންޑޭޝަނަކީ ދިވެހިރާއްޖޭގައި ކާމިޔާބުކަމާ އެކު މިފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު