ލުބުނާނުގެ ހިޒްބު الله ޖަމާޢަތުން މިއަދު އިސްރާއީލަށް ފޮނުވި ހަމަލާއެއްގައި އިސްރާއީލުގެ ޓެރަރިސްޓެއް މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.
މީގެ އިތުރުން އިތުރު ޓެރެރިސްޓަކު ވަނީ މި ހަމަލަގައި ޒަހަމްވެފައެވެ.
ހިޒްބު اللهއިން ފަލަސްތީނުގެ ހިފާފައިވާ "ނަހާރީޔާ"އަށް ފޮނުވި 25 މިސައިލުގެ ތެރެއިން މިސައިލެއް ވެއްޓި ފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
ހައްދުފަހަން އަޅާފައިވާ އިސްރާއީލުން ޢައްޒާއަށް ހަމަލާތަށްދޭން ފެށިފަހުން ލުބުނާނުން ވަނީ އިސްރާއީލް ޓެރަރިސްޓޫންނަށް ހަމަލާދޭން ފަށިއެވެ، މީގެ ސަބަބުން މީގެ ސަބަބުން އިސްރާއީލު ޓެރެރިސްޓޫން އަންނަނީ ފަލަސްތީނަށް ދޭ ރޮކެޓުހަމަލާތަކާއި ޑްރޯން ހަމަލާތަށް ވަރުގަދަ ކުރަމުންނެވެ.
މިގޮތުން ހިފާފައިވާ ފަލަސްތީނުގެ އިސްރާއީލުގެ މިލިޓަރީބޭސްތަކަށް އަމާޒުކޮށްގެން ގިނަ ހަމަލާތަށް ދޭން ވަނީ ފަށާފައެވެ.
އަދި މީގެ އިތުރުން ލުބުނާނު ހިފުމަށް އިސްރާއީލުން ކުރަމުން ދާ މަސައްކަތުގައި އެ ޤައުމަށް އެއްގަމުމަގުން އަރަން މަސައްކަތް ކުރެއެވެ. ލުބުނާނުގެ ހިޒްބު الله އިންދަނީ އެ މީހުންނާ ކުރިމަތިލައި އެތަށް ޓެރަރިސްޓުންނެއް މަރަމުންނެވެ.
މާތް ﷲގެ ނަޞްރު ލިބުބް ވަނީ މުސްލިމުންނަށްކަން މި ފުރުޞަތުގައި ހަނދާންކޮށްލަމެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ