ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވާރޭވެހޭނޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓުއިން ލަފާކޮށްފިއެވެ.
މެޓްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކުރެވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ގުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ރާއްޖޭގެ އެހެން ހިސާބުތަކަށްހުޅަނގު ދެކުނާއި ހުޅަނގުން ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ކަނޑުތައް ދެކުނުގެ ސަރަހައްދުގައި އާދައިގެ ވަރަކަށް ގަދަވެ، އުތުރާއި މެދުރާއްޖެތެރޭގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު