ބެއިރޫތަށް އިސްރާއީލު ޓެރަރިސްޓުން ދިން ހަމަލާގައި ހިޒްބުاللهގެ މީޑިއާ ހެޑް ޝަހީދުވެއްޖެ.

5 މަސް ކުރިން
|
0

އަލް މަޔާދީނަށް ދެއްވި އިންޓަވިއުއެއްގައި ހިޖާޒީ ބުނުއްވީ އަފީފަށް މީގެ ކުރިން އިންޒާރުތަކެއް ލޯކަލް އަދި ރީޖަނަލް މީޑިއާގައި ލިބިފައިވާކަމަށެވެ. އޭނާ ބުނުއްވީ އަފީފް ފަދަ ފަރާތްތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެނީ ޙައްޤުގެ އަޑު މަޑުކުރުމަށެވެ.

އަފީފަކީ މީޑިއާގެ ފަރާތެއް، އާންމު މީހެއްކަމަށާއި އަފީފަކީ ހަނގުރާމަވެރިއެއް ނޫން ކަމަށް ހިޖާޒީ ބުނުއްވިއެވެ. "ހިޒްބުاللهގައި އަސްކަރީ ޔުނިޓްތައް ލީޑްއެއް ނުކުރައްވާ، ނަމަވެސް އޭނާ އަކީ މީޑިއާ ޔުނިޓެއްގެ ވެރިޔާ" ކަމަށް ހިޖާޒީ ބުނުއްވިއެވެ.

އިސްރައިލުގެ ޓަރަރިސްޓު ހަމަލާ އަމާޒުކުރި އިމާރާތަކީ ބާތު ޕާޓީގެ އިމާރާތެއް ކަމާއި އެތަން ބޭނުންކުރަނީ ވެސް ބާތު ޕާޓީން ކަމާއި އެ ވަގުތު އެތަނުގެ ތެރޭގައި އާންމުން ނެތްކަން ހިޖާޒީ ކަށަވަރުކޮށްދެއްވިއެވެ. އޭނާ އިތުރަށް ބުނުއްވީ މި ދުވަސްވަރު ހަނގުރާމަ ތެރޭގައި، އެ ޕާޓީގެ ގިނަ ބައްދަލުވުންތައް ބާއްވާފައި ވަނީ ވެސް އެ އިމާރާތުގައި ކަމަށާއި އެއީ ހުރިހާ ފަރާތްތަކަށް ވެސް އެނގޭ ޙަޤީޤަތެއް ކަމެވެ.

ރޮއިޓާސުން ސުވާލުކުރުމުން ޓެރަރިސްޓު ޖަމާޢަތެއް ކަމަށް ވާ އިސްރާއީލުގެ އަސްކަރިއްޔާއިން މިކަމަށް އެއްޗެއް ބުނަން ވަނީ ދެކޮޅު ހަދާފައެވެ.

މިހަމަލާ ދީފައި ވަނީ ރަސް އަލް ނަބާ އެވެ ކިޔުނު އަވަށަށެވެ. ބައިރޫތުގެ ދެކުނު ސަރަހައްދަށް މީގެކުރިން ޓެރަރިސްޓުން ބޮމުގެ ހަމަލާ ދީ އެތަނުގެ ގެތައް ހަލާކުކުރުމުގެ ސަބަބުން  ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދުމަށް އައިސް ތިބީ ވެސް މި ހަމަލާ އަމާޒުވި ތަނުގައެވެ.

ޓީވީ ސްޓޭޝަން އަލްޖަދީދުން ގެނެސްދޭ މަންޒަރުތަކުން ފެންނަ ގޮތުގައި އިމާރާތެއްގެ މަތީބައި ފުރަތަމަ ފަންގިފިލާއާ ހަމައަށް ވެއްޓުނުއިރު އެ ތަނުގައި މަދަނީ ދިފާޢީ މަސައްކަތްތެރިން ތިއްބެވެ.

އަފީފަކީ ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހު ބެއިރޫތުގެ ދެކުނު ސަރަހައްދުގައި ޓެރަރިސްޓުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ހިޒްބުاللهގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުاللهގެ މީޑިއާ އެޑްވައިޒަރެކެވެ.

ރެސިސްޓެންސް ގްރޫޕްގެ މީޑިއާ ރިލޭޝަންސް އޮފީހާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ހިޒްބުاللهގެ އަލްމަނާރު ޓީވީ ސްޓޭޝަން އެތައް އަހަރެއް ވަންދެން ހިންގާފައެވެ.

އިސްރާއީލު ޓަރަރިސްޓުންގެ ނިރުބަވެރި ހަމަލާތައް  ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއެވެ.

ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިސްރާއީލުޓެރެރިސްޓުން ވަނީ ލުބުނާނުގައި ވެސް އަސްކަރީ ހަރަކާތްތައް ވަރަށް ބޮޑަށް ފުޅާކޮށް، ބެއިރޫތުގެ ދެކުނާއި އިރުމައްޗާއި ދެކުނުގެ ބޭރު ސަރަހައްދުތަކާއި ބޯޑަރަށް ބޮންއަޅާ ހަމަލާތަށް ދީފައިވާ ކަމަށް ޚަބަރު ފަތުރާ ފަރާތްތަކުން މަޢުލޫމާތު ދެއެވެ. 

ބިމާހަމަކޮށްފައިވާ އިމާރާތް ތަކުގައި ނޫސްވެރިންގެ ބައްދަލުވުންތައް އަފީފު ވަނީ ބާއްވަވައިފައެވެ. ނޮވެމްބަރު 11ވަނަ ދުވަހު އެންމެ ފަހުން ނޫސްވެރިންނާ ދެއްކެވި ވާހަކައިގައި އޭނާ ބުނުއްވީ އިސްރާއީލުގެ ޓެރަރިސްޓުންނަށް ލުބުނާނުގެ އެއްވެސް ސަރަހައްދެއް ނުހިފެހެއްޓޭނެ ކަމަށާއި "ދިގު ހަނގުރާމައެއްގައި" ހަމަލާ ބަދަލުކުރުމަށް ހިޒްބުاللهގެ އަތުގައި އެކަށީގެންވާ ވަރަށް ހަތިޔާރާއި އެހެެނިހެން އާލާތްތައް ހުރި ކަމަށެވެ. 

ޓެރަރިސްޓުންގެ ބާރު ނެތިކުރައްވައި މުސްލިމުންނަށް އަވަސް ނަޞްރެއް ދެއްވާށިއެވެ!