ޔޫގޮވް އިން އަލަށް ހެދި ސާވޭއަކުން ޗާރޗް އޮފް އިންގްލެންޑްއަކީ ގިނަ ބްރިޓިޝް މީހުންނަށް މުހިންމުކަމެއް ނެތް ތްނެއްކަމަށް ދައްކައިފިއެވެ.
އާބާދީގެ ދެބައިކުޅައެއްބައި މީހުން ގަބޫލުކުރާގޮތުގައި އެ ޗާރޗް ދައުލަތުން މުޅިން ވަކިކުރަންޖެހެއެވެ.
މި ސާވޭ ނެރެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ބޮޑު މައްސަލައެއް އެގައުމުގައި ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އެވެ. އަދި ޔޫކޭގައި އެތިއިޒަމްއާއި ސެކިއުލަރ އައިޑެންޓިޓީ އަވަސް ދުވެއްޔެއްގައި ފެތުރެމުންދާ ވަގުތެއްގައެވެ.
މިކަން ހިނގަމުންދަނީ އެހެން ދީންތައް، ޚާއްޞަކޮށް ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ބާރަށް ކުރިއަރަމުންދާ ދީނަކަށްވާ އިސްލާމްދީން، އިނގިރޭސިވިލާތާއި ވޭލްސްގައި ވަރަށް ބޮޑަށް ފެތުރެމުން ދަނި ކޮށްށެވެ.
ފަހަކަށްއައިސް ޔޫގޮވްއިން ހެދި މި ސާވޭއިން ބްރިޓިޝް ޤައުމިއްޔަތަށް ލޯބިކުރާ މީހުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ. އެއީ ޗާރޗް އޮފް އިންގްލެންޑްގެ މުސްތަޤްބަލާމެދުގައެވެ. އެ ޗާރޗަށް ގަވާއިދުން ހާޒިރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދަމުންދާތާ އެތައް އަހަރެއް ވެފައިވާތީއެވެ.
މި ސާވޭ ހަދާފައިވަނީ ޖޯން ސްމިތްގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ ޗާރޗުން ފޮރުވުމުގެ މައްސަލައާ ގުޅިގެން އުފެދުނު ހަޅުތާލުގެ ކުރިންނެވެ. މި މައްސަލައާ ގުޅިގެން ކެންޓަބަރީގެ އާރޗްބިޝޮޕް ޖަސްޓިން ވެލްބީ ވަނީ ފާއިތުވި ހަފްތާގައި އިސްތިއުފާ ދީފައެވެ.
މި ދިރާސާއިން ދައްކާގޮތުގައި އާންމުންގެ 39 އިންސައްތަ މީހުންގެ ޗާރޗާމެދު ނުރަނގަޅު ޚިޔާލެއް އޮވެއެވެ. އަދި 32 އިންސައްތަ މީހުން އޭގެ ރަނގަޅު ޚިޔާލެއް ގެންގުޅެއެވެ.
ސުވާލުކުރެވުނު މީހުންގެ ތެރެއިން އެންމެ 1 އިންސައްތަ މީހުން ބުނެފައިވަނީ ބްރިޓެއިންގެ ގިނަ މީހުން ދިރިއުޅޭގޮތަށް ޗާރޗްގެ "ވަރަށް ބޮޑު ނުފޫޒެއް" އޮންނަ ކަމަށެވެ.
12 އިންސައްތަ މީހުން ބުނެފައިވަނީ އޭގެ "ކޮންމެވެސް ވަރެއްގެ ނުފޫޒެއް" އޮންނަ ކަމަށެވެ. އަދި 53 އިންސައްތަ މީހުން ބުނެފައިވަނީ "މާ ބޮޑު ނުފޫޒެއް ނެތް" ކަމަށެވެ.
ސުވާލުކުރެވުނު 2،177 މީހުންގެ ތެރެއިން ފަސްބައިކުޅަ އެއްބައި - 20 އިންސައްތަ - މީހުން ބުނެފައިވަނީ އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ