”އައްޑަނަ“އިގެ ނަމުގައި އަޤީދާ ވޯކްޝޮޕެއް ބާއްވަނީ

1 އަހަރު ކުރިން
|
0

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާއެއްކަމުގައިވާ އަލް-އަޞްރު އިން ” އައްޑަނަ“ އިގެ ނަމުގައި ޢަޤީދާ ވޯކްޝޮޕުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

މި ވޯކްޝޮޕުގައި ކިއަވާދެއްވާ މައުލޫތަކުގެ ތެރޭގައި ޑޫޔޫ ނޮވް الله؟ އަދި ހަވް ކޭން ޔޫ ލަވް الله ވެން ޔޫ ޑޯންޓް ނޮވް ހިމް؟ މި މައުލޫތަކަށް ބައިވެރިންނަށް މަލޫމާތު ދެވިގެން ދާނެއެވެ.

”އައްޑަނަ“ ވޯކްޝޮޕުގައި ކިޔަވާދެއްވަވާނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންކަމުގައިވާ ޝެއިޙް ސާޖިދް މުޙައްމަދު އަދި ޝެއިޙް ހަސަން ފައިސަލް އެވެ.

މި ވޯކްޝޮޕުގައި ބައިވެރިވެވޭނީ 15 އަހަރާއި 20 އަހަރުގެ ބޭފުޅުންނަށެވެ.

މި ވޯކްޝޮޕު ކުރިއައްގެންދަން ހަމަޖެހިފައިވަނީ މިމަހު 28 އިން 30 ހަށެވެ.

ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަން، އުމުރު، ގުޅެނެ ނަމްބަރެއް އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު 7925277 އެސްއެމްއެސް ކުރައްވަމުން ގެންދެވުމަށްވަނީ އިއުލާންކޮށްފައެވެ.