ހުޅުމާލޭގައި މޫދަށް އެރުނު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

1 އަހަރު ކުރިން
|
0

ހުޅުމާލޭގައި މޫދަށް އެރުނު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަންފަށާފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލަ ހުށައަޅާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށްށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.