ބަންގްލަދޭޝްގައި ޑެންްގީ ހަލުވިކަމާއިއެކު ފެތުރި، 407 މީހުން މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް 407 މީހުން މަރުވެފައިވާއިރު، މިއަހަރު އެކަނިވެސް 78,595 މީހުން ވަނީ ފަރުވާއަށްޓަކައި އެނދުމަތިކޮށްފައެވެ.
މިހާރު ބަންލަދޭޝް އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން މަދިރި އާލާވާތީ، ޑެންގީ ހަލުވި ކަމާއިއެކު ފެތުރުމަށް ވަނީ މަގުފަހިވެފައެވެ.
މީގެ އިތުރުން، އެގައުމުގެ ސިއްހީ މާހިރުން ވަނީ މަދިރިން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، މަދިރި އާލާވާ ތަންތަން ނައްތާލުމަށް މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައެވެ.
އެގައުމުގައި މިދިޔަ އަހަރުވެސް ޑެންގީ ބަލި ފެތުރި، 321,000 މީހުންނަށް ވަނީ ބަލިޖެހިފައެވެ. އަދި 1,705 މީހުން ވަނީ މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ