ނަތަންޔާހޫގެ އެޑްވައިޒަރ ޖަލުގައި ދަންޖެހެން އުޅެފި

1 އަހަރު ކުރިން
|
0

ފަލަސްޠީނު ހަނގުރާމައިގެ ނިރުބަވެރިޔާ ނަތަންޔާހޫގެ ކުރީގެ ތަރުޖަމާނު އަދި އެޑްވައިޒަރ  އެލީ ފެލްޑްސްޓެއިން ޖަލުގައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައި ވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ. ނަތަންޔާހޫގެ އޮފީހުގެ ސިއްރު މައުލޫމާތުތައް ލީކުކޮށްލި މައްސަލައިގައި ވެސް އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހަކީ މީނާއެވެ. 

އީލީ ފީލްޑްޝްޓެއިން ދަންޖަންޖެހެން އުޅުމުން 24 ގަޑިއިރު ވަންދެން ސުއިސައިޑް ވޮޗްގައި އޭނާ ވަނީ ބަހައްޓާފައެވެ.

މި މީހާއަކީ ސިފައިންގެ އަތުން މައުލޫމާތު ހޯދައިގެންނާއި ނަތަންޔާހޫގެ އޮފީހުން މައުލޫމާތު އެއްކޮށް ނަތަންޔާހޫއަށް ފަހިވާ ގޮތަށް އެއަށް ބަދަލު ގެނަސް އެ މައުލޫމާތު ލީކުކޮށްލި މީހާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލު ތަޙުޤީޤީ އިދާރާތަކުން ބުނެފައި ވަނީ އޭނާގެ މައްޗަށް ޝަރީއަތްކޮށް ޖަލަށް ލެވޭވަރަށް ހެކި ލިބިފައި ހުރިކަމަށެވެ.