ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައުލަތުގެ ޚާއްޞަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ޢާއިލާތައް ދެނެގަތުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށާފައިވާ "ހާލު ކިހިނެއް" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި، އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތައް ހުރި ރަށްރަށުގެ ގޭގެއަށް ޒިޔާރަތް ކުރުން 30 މެއި ގައި ވަނީ ފަށައިފައެވެ.
ތާވަލުކުރެވިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. އަދި އެއް އަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުރިހާ ގޭބީސީއަކަށް ޒިޔާރަތް ކުރުމަށް ވަނީ ނިންމާފައެވެ. މިހާ ތަނަށް ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން 8027 ގޭބީސީއަށް ވަނީ ޒިޔާރަތް ކުރެވިފައެވެ.
އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ނުވަތަ އެދޭކަމެކީ އެކަށީގެންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ކަންބޮޑުވުންކަން މި ޒިޔާރަތްތަކުން ފާހަގަކުރެވުނެވެ. މި ޕްރޮގްރާމުގެ ތެރެއިން ކުރެވުނު ޒިޔާރަތްތަކުން ޢާއިލާތަކުން ހުށަހެޅި ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ޢާއިލާތަކުން ހުށައެޅި 407 މައްސަލަ ވަނީ ހައްލުކޮށްދެވިފައެވެ.
މި ޕްރޮގްރާމުގެ ތެރެއިން ކުރެވުނު ޒިޔާރަތްތަކުން މާލީ ފުދުންތެރިކަން ދަށްވުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ 13 ޢާއިލާއެއް ވަނީ ދެނެގަނެވިފައެވެ. އަދި ހަމައެއާއެކު، މި ޕްރޮގްރާމުގެ ތެރެއިން އެ ހުރިހާ ފަރާތްތަކަށް ވެސް މަހުން މަހަށް ފޯރުކޮށްދޭ ޒަރޫރީ ސާމާނު ހިމެނޭ "ކެއާ ޕެކޭޖްތައް" ދަނީ ފޯރުކޮށްދެވެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު