"ދަރުމަ" ދިވެހިންނާ ހަމައަށް ކޮންމެ ދުވަހަކު

"ދަރުމަ"އަކީ ދިވެހިންގެ ހިތްތަކުގެ އިތުބާރު ހޯދާފައިވާ ނޫސްވެރިކަމުގެ މަރުކާއެކެވެ. ދިވެހި މުޖުތަމައަށް ޢިލްމީ ނޫރު ފެތުރުމުގައި މަސައްކަތްތަކެއް ކޮށްފައިވާ ޒަމާންވީ އެކުވެރިއެކެވެ. މި މަސައްކަތުގައި އިތުރަށް ކުރިޔަށް ދިޔުމުގެ ނިޔަތުގައި "ދަރުމަ" ޓީމުން މި ވަނީ އައު ހިތްވަރަކާ އެކު މަސައްކަތް ތަކެއް ފަށާފައެވެ. 

"ދަރުމަ" އަކީ ދިވެހިރާއްޖޭގައި އޮތް ޤާނޫނު ނަންބަރު 78/47، ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނުގެ ދަށުން، ރަޖިސްޓްރީ ނަންބަރު: 2019/2202ގައި 23 ޖުލައި 2019ގައި ރަޖްސްޓްރީ ކޮށްދެއްވައިފައި އޮތް މަޖައްލާއެކެވެ. ދީނީ އަދި އިޖްތިމާޢީ ޚަބަރުތައް ދިވެހިންނާ ހަމައަށް ގެނެސްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ މީސްމީޑިއާގެ މަންސައެކެވެ.

ދަރުމައިގެ މާނައަކީ "ހެޔޮ" އަދި "ސަވާބު" ކަމުގައި ދިވެހި ރަދީފުގައި އޮވެއެވެ. އެހެންކަމުން ދަރުމަ ނަމުގައި ނޫސް މަޖައްލާ ޝާއިޢުކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އުޚްރަވީ ސަވާބަށް އެދި ހެޔޮމަގުން ނޫސްވެރިކަން ކުރުމެވެ. އަދި މި މަގަށް އަހުލުވެރި ނޫސްވެރިން އުފެއްދުމެވެ. 

"ދަރުމަ" ކުރާ ތަސައްވުރަކީ ދިވެހިރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ލިބިފައި އޮންނަ ނޫސްވެރިކަމަކީ "ދަރުމަ" ކަމުގައި ހެދުމެވެ.

މި ތަސައްވުރަށް ވާޞިލުވާނީ ތެދު މަޢުލޫމާތާއި ޢިލްމީ ޞައްޙަ ނަޒަރިއްޔާތު ދިވެހީންގެތެރޭ ފަތުރައިގެންނެވެ.

ދަރުމައިގެ ކޮންމެ ބައިވެރިއަކީ ތެދު މަޢުމޫލާތު ފަތުރާ ފަރާތެއް ކަމުގައި ވާނެއެވެ. ދަރުމައިގެ ކޮންމެ ކިޔުންތެރިއަކީ ތެދު މަޢުލޫމާތަށް އެކަނި ބަރޯސާވާ ބަޔަކު ކަމުގައި ވާނެއެވެ.

ދަރުމައިގެ މި މަސައްކަތަކީ ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބަށް ހުޅުވޭ ދޮރެއްކަމުގައި ލައްވާށިއެވެ! آمين