"އެންމެ މާތް 10 ދުވަސް" ވެބިނާރގައި ވާހަކަ ދައްކަވަމުން އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވީ ހެވީ މެޓަލް ކުޅޭ މީހަކު ބަހައްޓާ ތުނބުޅިއަކުން އެއްވެސް މީހަކު ފާޑު ނުކިޔާނެ ކަމަށާއި، އޭނާގެ އެ ތުނބުޅި ވާނީ މޮޅު ފެޝަނަކަށް ކަމަށެވެ. އޭނާގެ ދެ ކަންފަތުގައި އެލުވައިފައި ހުންނަ ބޮޅުތަކާއި އަތްފައިގައި އަޅުވާފައި ހުންނަ ތަކެއްޗާ އެކު މީސްތަކުންނަށް އޭނާ ފެންނަ ގޮތާމެދު ޝައިޚުގެ ވާހަކަ ފުޅުގައި ބައްލަވައިލެއްވިއެވެ.
މީސްތަކުންގެ ފާޑުކިޔުން އަމާޒުވަނީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ގޮތުން ތުބުޅި ބެހެއްޓުމުން ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މި އިސްލާމީ ވެށީގައި ވެސް ދީނީ ކަންކަމަށް މަލާމަތްކުރާ ބަޔަކު އުޅެއެވެ. އެ މީހުންގެ ކިބައިގައި ދީނީ ޢިލްމު މަދު ކަމަށް ފާހަގަކުރެވެއެވެ. އިސްލާމް ދީނަކީ އިންސާނިއްޔަތަށް ހަމަޖެހުން ގެނުވައިދޭ ދީނެކެވެ. މަނާކަންތައް މަނާވެފައި އޮތީ ތިމާއަށާއި މުޅި މުޖުތަމަޢަށް އެ ކަމުގެ ގެއްލުން ކުރިމަތިވާނޭތިއެވެ.
ދީން
ދީން
ދީން
ދީން
ދީން
ދީން