މާދަމާއަކީ މި އަހަރުގެ ޙައްޖުމަހުގެ ފުރަތަމަ ދުވަސް

6 މަސް ކުރިން
|
0

މާދަމާއަކީ މި އަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ސައުދީ ޢަރަބިއްޔާއިން އިޢުލާނުކޮށްފިއެވެ. ސައުދީގެ އަލްޙަރަމައިނިގެ ރަސްމި ޓްވިޓަރ ޗެނަލްގައި އެކަން އިޢުލާންކޮށްފައި އެބަ އޮތެވެ،
ޙައްޖުމަހުގެ ފުރަތަމަ ދުވަހަކީ މާދަމާއަށް ވީތީ، މި އަހަރުގެ ޢަރަފާތްދުވަސް ދިމާވާނީ ޖޫން މަހުގެ 5 ވަނަ ދުވަހާއެެ. އަދި އަޟްޙާ ޢީދު ވާނީ ޖޫން މަހުގެ 6ވަނަ ދުވަހަށެވެ.

މި އަހަރުގެ ޙައްޖުވަހުގެ މާތް ކަން ލިބިގަތުމަށް އަޅުކަމުގެ ކަންކަން މި ރެއިން ފެށިގެން ފަށަން ވިއެވެ. 

ޙައްޖުމަހުގެ މި ދުވަސްތަކަކީ ދުނިހެމަތީގައި އަންނާނެ އެންމެ ހެޔޮ ދުވަސްތައްކަން ނަބަވީ އިރުޝާދުތަކުން އެނގެއެވެ.