ޙަރަމުގައި މި ރޯދަމަހު އިމާމުވެ ތަރާވީސްކުރައްވާނީ 7 ބޭފުޅުން

މައްކާގެ ދެ ޙަރަމުގެ ކަންކަން ބަލަހައްޓަވާ ވުޒާރާއިން މިއަދު ވަނީ، 1446ވަނަ އަހަރުގެ (2025) ރަމަޟާންމަހު ޙަރަމުގައި އިމާމުވެ ތަރާވީސްކުރައްވާނެ ހަތްބޭފުޅުންގެ ނަންތައް އިޢުލާނުކޮށްފައެވެ. 

މި ބޭފުޅުންގެ ތެރޭގައި ޒަމާނުއްސުރެ ތަރާވީސް ކުރައްވަމުން ވަޑައިގެންނެވި ބޭބޭފުޅުންނާއި ދުނިޔޭގައި އެބައެއްގެ ކިޔެވުން އެންމެ މަޝްހޫރުވެ ގިނަ ބައެއްގެ ލޯބި ލިބިފައިތިއްބެވި ޤާރީވެރިން ހިމެނެވެ.

2025ގެ ރަމަޟާންމަހު ޙަރަމުގައި އިމާމުވެ ނަމާދުކުރައްވާނެ އިމާމުން

1- އައްޝައިޚް ޑރ. އަބްދުއްރަޙްމާން އިބުނު ޢަބްދުލް ޢަޒީޒް އައްސުދައިސް
2- އައްޝައިޚް ޑރ. މާހިރު ބުނު ޙަމަދު މުޢީޤްލީ
3- އައްޝައިޚް ޑރ. ޢަބްދުﷲ ޢައްވާދް އަލްޖުހަނީ
4- އައްޝައިޚް ޑރ. ބަންދަރް ބުނު ޢަބްދުލް ޢަޒީޒު ބަލީލާ
5- އައްޝައިޚް ޑރ. ޔާސިރް ބުނު ރާޝިދު އައްދައުސަރީ
6- އައްޝައިޚް ބަދުރު ބުނު މުޙައްމަދު އައްތުރުކީ
7- އައްޝައިޚް ޑރ. ވަލީދު އައްޝަމްސާން

މި ލިސްޓުގެ އެންމެ ކުރީގައި އޮތީ ސުދައިސްގެ ނަންފުޅެވެ. ދެން ތިއްބެވީ ވެސް ޙަރަމުގައި ނަމާދުކުރެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭބޭފުޅުންނެވެ. 

ރަމަޟާންމަހުގެ އަޅުކަން އެންމެ އެދެވޭ ގޮތުގައި ކުރުމަށް ތައުފީޤުދެއްވައިތޯ ދުޢާކުރުން ގިނަކުރާށެވެ!