إختيارކުރަން އުނދަގޫ ވާނަމަ، إستخارة ކުރުން ގިނަ ކުރާށެވެ!

ދުނިޔޭގެ ޙަޔާތުގައި ދިމާވާ ބޮޑެތި ކަންކަމާމެދު ގޮތެއް ނިންމުން އުނދަގުވާ ނަމަ، އިސްތިޚާރާ ކުރުން ގިނަ ކުރާށެވެ! އިސްތިޚާރާ ކުރުމަކީ ކުރިމަތި ވެފައިވާ ޙާލަތާއި މެދު ދެ ގޮތުންކުރެ ގޮތެއް ޚިޔާރުކުރަން ޖެހޭ ވަގުތު ހެޔޮކަމަށް މަގު ދެއްކުމަށް އެދި ގެ حضرةގައި ދެންނެވުމެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި إستخارةކުރުން އޮތީ ދީނުގެ واجبތަކާއި، سنةތަކާއި، حرام حلال ކަންތަކާއި مكروهކަންތައް ފިޔަވައި ދެންހުރި ހުއްދަ ކަންކަމުގައެވެ.

މާތް ރުއްސުންލެއްވި ޖާބިރުގެފާނު ވިދާޅުވިއެވެ. "ތިމަންމެންނަށް ޤުރްއާނުން ސޫރަތެއް އުނގަންނައި ދެއްވާ ފަދައިން ތިމަންމެންނަށް ދިމާވާ ހުރިހާ ކަމެއްގައި އިސްތިޚާރާ ކުރަން رسول الله ﷺ، އުނގަންނައި ދެއްވައެވެ. އިތުރު އެކަލޭގެފާނު ޙަދީޘް-ކުރައްވައެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއް ކުރުމަށް ގަސްތު ކޮށްފިނަމަ فرض ނަމާދު ނޫން ދެ ركعة ނަމާދެއް ކުރާހުށިކަމެވެ! އަދި އެއަށްފަހު إستخارةގެ دعاء ކުރާހުށިކަމެވެ!"

إبن القيم (رحمه الله) ވިދާޅުވިއެވެ. "إستخارةގެ އަސްލު މަޤްޞަދަކީ ކަމެއްގައި ނިޔާ ކަނޑައަޅުއްވައި ދެއްވުމަށް އެދި އަށް ދެންނެވުމާއި އެކު، އެ އިލާހަށް ވަކީލު ކުރުމެވެ. އަދި ގެ ކުޅަދުންވަންތަކަމުންނާއި، ޢިލްމުފުޅުން އަޅާއަށް ހެޔޮ ގޮތް އިޚްތިޔާރު ކޮށްދެއްވުމަށް އެދުމެވެ. އެއީ އޭނާގެ ރައްބު ކަމަށް ޤަބޫލުކުރާ ކޮންމެ މީހެއްގެ މައްޗަށް މިކަން لازم ވެގެން ވެއެވެ. އެނޫން މީހުންގެ ކަރުގައި އީމާންކަމުގެ (ފޮނި) ރަހަ ނުލާނެއެވެ. އޭނާއަށް، ނިޔާވެވުނު ގޮތާއި މެދު ހިތުގައި ދަތިކަމެއްނެތި ރުހެވޭ ނަމަ ފަހެ، އެއީ ބާއްޖަވެރިކަމުގެ علامةއެކެވެ."

އެހެންކަމުން އެއްވެސް ކަމެއްގައި ވަކިގޮތެއް  إختيارކުރަން ދަތިވެއްޖެ ނަމަ، އެ ކަމެއްގައި ތިމާ އަމިއްލައަށް ގޮތް ކަނޑައެޅުމުގެ ކުރިން إستخارة ކުރާށެވެ! އަދި އެއިން ނިކުންނަ ނަތީޖާއަކީ، ތިމާ އެދޭގޮތް ކަމުގައި ނުވިޔަސް އެގޮތާއި ރުހި ޤަބޫލުވާން ވާނެއެވެ. އެހެނީ ތިބާގެ އަމިއްލަ تفس އަށްޓަކައި ތިބާ އެދޭގޮތަށް ވުރެ، ތިބާ އަށްޓަކައި އިރާދަކުރައްވާ ގޮތް މާރަނގަޅު ވާނެތީއެވެ.