ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
"ހަމަކަށަވަރުން މިހިރަ ހަނދު (ސާދަވިލޭރޭގެ ފުރިހަމަ ހަނދު)ތިޔަބައިމީހުންނަށް ފެންނަ ފަދައިން ޤިޔާމަތްދުވަހުން ތިޔަބައިމީހުންގެ ވެރިރައްބު ތިޔަބައިމީހުން ދެކޭނޫއެވެ. ތިޔަބައިމީހުންނަށް އެއިލާހު ފެންނާނެކަމާމެދު އެއްވެސް ޝައްކެއް ވަސްވާހެއްނެތެވެ. އަދި އެއިލާހަށް ބެލުމުގައި އެއްވެސް ދަތިކަމެއް ތިޔަބައިމީހުންނަށް ކުރިމަތިނުވާހުއްޓވެ."
ޝައިޚް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. "ޤިޔާމަތްދުވަހު މީސްތަކުން ބެހިގެން ވަނީ ތިންބަޔަކަށެވެ. މުއުމިނުންނާއި، ކާފިރުންނާއި، މުނާފިޤުންނެވެ.
ކާފިރުނަށް ދުވަހަކު ވެސް މާތް ﷲގެ ވަޖުހުފުޅު ނުފެންނާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ﴾ (المطففين: ١٥) މާނައީ: "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެ ދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ."
މުއުމިނުން މާތް ﷲގެ ވަޖުހުފުޅު ދެކޭނެކަން ބަޔާޏްކުރައވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وُجُوهٌ يَوْمَئِذٍ نَاضِرَةٌ إِلَى رَبِّهَا نَاظِرَةٌ وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ تَظُنُّ أَنْ يُفْعَلَ بِهَا فَاقِرَةٌ﴾ (القيامة: ٢٢-٢٥) މާނައީ: "އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ. އެ މޫނުތަކުގެ ވެރިރައްބަށް ބަލަބަލައި ތިބެއެވެ. އަދި އެދުވަހުން މޫނުތަކެއް ހުތުރުވެ، މޮޅިވެގެންވެއެވެ. މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ."
ޤިޔާމަތްދުވަހުން ހިސާބުކިތާބުގެ ކަންކަމުގެ ތެރެއިން މުނާފިޤުން މާތްﷲ ދެކޭނެއެވެ. އެހެނެއް ކަމަކު އޭގެ ފަހުން ދެން ނުފެންނާނެއެވެ. މިއީ އެބައިމީހުންނަށް ލިބޭނޭ ވަރަށް ބޮޑު ހިތާމައަކާއި ހިތްދަތިކަމެކެވެ. އެ އިލާހު ދުށުމުގެ ލައްޒަތު ހިނދުކޮޅަކަށް ލިބިފައި އެ ކަމުން މަޙުރޫމު ވީއެވެ. އޭގެފަހުގައި ދުވަހަކު ވެސް މުނާފިޤުންނަށް މާތް ﷲ ނުފެންނާނެއެވެ."
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް