މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ.
«مَنِ اغْتَسَلَ يَومَ الجُمُعَةِ فَأَحْسَنَ الغُسْلَ أَوِ تَطَهَّرَ فَأَحْسَنَ الطُّهُورَ، فَلَبِسَ مِن خَيْرِ ثِيابِهِ وَمَسَّ ما كُتِبَ اللهُ لَهُ طِيبًا أو دُهْنِ أهلِهِ، وَلَمْ يُفَرِّقْ بَيْنَ اثْنَيْنِ، إِلَّا غُفِرَ لَهُ إِلى يومِ الجمعةِ الأُخْرَى« [(ابن ماجه: 1097)، و(أحمد: 21569)]
މާނައީ: "މީހަކު ހުކުރުދުވަހުގައި ހިނައިގަނެ، އަދި އެ ހިނެވުން ފުރިހަމައަށް ރަނގަޅަށް އަދާކޮށް، އޭނާގެ އަތުގައި އޮތް އެންމެ ރަނގަޅު ހެދުމެއް ލައި، މާތް ﷲ އޭނާއަށާއި އޭނާގެ ޢާއިލާއަށް މިންވަރުކޮށް-ދެއްވައިފައި ހުރި އަތަރުން ހުވަދުލައިގެން މިސްކިތަށް ގޮސް، (މިސްކިތަށް ކުރިން އައިސް ތިބި) ދެ މީހުންގެ ދެ މެދު ބައިވާނޭހެން (ކޮއްޕަމުން) ނުހިނގާ މީހާއަށް މި ހުކުރާއި މިދިޔަ ހުކުރާ ދެމެދު ކުރެވިފައި ހުރި (ކުދި) ފާފަތައް މާތް ﷲ ފުއްސަވައިދެއްވާނެތެވެ."
ހުކުރު ނަމާދަށާއި ހުކުރު ޚުޠުބާއަށް އަހަންމިއްޔަތުކަން ދޭ ބަޔަކު ކަމުގައި އަޅަމެން ލައްވާންދޭވެ! آمين.
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް
ދުވަހުގެ ޙަދީޘް