ދުވަހުގެ ޙަދީޘް (28-07-2026)

އިމާމް ބުޚާރީ ޢާއިޝަތުގެފާނު އަރިހުން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ.

كَانَ رَسُولُ اللَّهِ صَلَّىٰ اللهُ عَلَيْهِ وَسَلَّم إِذَا رَأَى غَيْمًا أَوْ رِيحًا عُرِفَ فِي وَجْهِهِ‏.‏ قَالَتْ يَا رَسُولَ اللَّهِ إِنَّ النَّاسَ إِذَا رَأَوُا الْغَيْمَ فَرِحُوا، رَجَاءَ أَنْ يَكُونَ فِيهِ الْمَطَرُ، وَأَرَاكَ إِذَا رَأَيْتَهُ عُرِفَ فِي وَجْهِكَ الْكَرَاهِيَةُ‏.‏ فَقَالَ ‏«يَا عَائِشَةُ مَا يُؤْمِنِّي أَنْ يَكُونَ فِيهِ عَذَابٌ عُذِّبَ قَوْمٌ بِالرِّيحِ، وَقَدْ رَأَى قَوْمٌ الْعَذَابَ فَقَالُوا ﴿هَـٰذَا عَارِضٌ مُّمْطِرُنَا﴾‏‏»‏ (صحيح البخاري، كتاب التفسير، باب قوله فلما رأوه عارضا مستقبل أوديتهم)

މާނައީ: "(ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمއަށް ވިއްސާރަ ވިލާގަނޑެއް ނުވަތަ ގަދަ ވަޔެއްފެނިވަޑައިގެންފިއްޔާ އެކަލޭގެފާނުގެ މޫނުފުޅުން އެކަން އެނގެއެވެ. ތިމަންކަމަނާ ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ. މީސްތަކުންނަށް ވިއްސާރަ ވިލާގަނޑެއް ފެނިއްޖެއްޔާ އެބައިމީހުން ވަނީ އުފަލެވެ. އެއިން ވާރޭ ވެހިދާނެކަމުގެ އުންމީދުގައެވެ. އެހެނަސް ތިމަންކަމަނާއަށް ފެނިވަޑައިގަންނަވަނީ، ކަލޭގެފާނަށް އެފަދަ ވިލާގަނޑެއް ފެނިވަޑައިގެންފިއްޔާ، ކަލޭގެފާނުގެ މޫނުފުޅުން ނުތަނަވަސްކަން ފާޅުވާތަނެވެ. އެހިނދު އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ޢާއިޝާ އެވެ. އޭގައި ޢަޛާބެއް ނުވާނެކަމުގެ އަމާންކަން ތިމަންކަލޭގެފާނަށް ލިބެނީ ކިހިނެއްހެއްޔެވެ؟ ޤައުމެއްގެ ބަޔަކަށް ގަދަ ވައިން އަޒާބު ދެއްވައިފައި ވެއެވެ. އަދި ޤައުމެއްގެ ބަޔަކު ﴿هَـٰذَا عَارِضٌ مُّمْطِرُنَا ۚ﴾ (މިއީ އަހަރުމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ.)އެވެ ބުންޏެވެ.

ރައްކާވެތިބިއްޔާ ދަތުރެކޭ ބުނެ އުޅެނީ، ސަލާމަތުން ތިބިއްޔާ އަދި ވެސް ދަތުރެއް ކުރެވިދާނެތީއެވެ. ވައިގަދަވެ އުދައަރާ ދުވަސްތަކާއި އެފަދަ ވަގުތު ތަކުގައި ނުރައްކާތެރި ހިސާބުތަކަށް ނުދިޔުން ބުއްދިވެރިއެވެ.