ދުވަހުގެ ޙަދީޘް (01-10-2025)

އަބޫ ސަޢީދުލް ޚުދްރީ رضى الله عنهގެ ކިބައިން ރިވާވެގެންވެއެވެ. މާތް اللهގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން މަގުމަތީގައި މަޑުކޮށްގެން ތިބުމުން ރައްކާތެރިވާށެވެ! (އެބަހީ މީސްތަކުންނަށް އުނދަގޫވާހެން މަގުމަތީ ވާހަކަދައްކަން މަދުކޮށްގެން ނުތިބޭށެވެ)" އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ބައެއް ފަހަރު ތިމަންމެން އެކަކު އަނެކަކާ ވާހަކަ ދައްކައިލަން މަގުމަތީ ތިބެން ޖެހޭ ހާލަތްތައް އާދެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔަބިއިމީހުން ކޮންމެހެން މަގުމަތީގައި ތިބެންވެއްޖެއްޔާ ފަހެ، ތިޔަބައިމީހުން މަގުމަތީގެ ޙައްޤުތައް އަދާކުރާށެވެ!" އެބޭކަލުން ދެންނެވިއެވެ. މަގުމަތީގެ ޙައްޤަކީ ކޮބައިތޯއެވެ؟ اللهގެ ރަސޫލާއެވެ! ޙަދީޘްކުރެއްވިއެވެ. "ބެލުންތިރިކުރުމެވެ. އެހެނެްމީހުންނަށް އުނދަގޫނުކުރުމެވެ. ސަލާމަށް ރައްދިނުމެވެ. ހެޔޮކަންކަމަށް އަމުރުކުރުމާއި، މުންކަރާތް ނަހީކުރުމެވެ."