ޝަހީދު ކޮމާންޑަރ އަބޫ އިބްރާހީމްގެ މަތިން ހަނދާން ކުރާނީ ކާކު؟

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލާ ދެކޮޅަށް ޖިހާދުކުރަމުންދަނިކޮށް ޝަހީދުވި ޔަޙްޔާ ސިންވާރު އާންމު ނަމުންނަމަ އަބޫ އިބްރާހީމް ގެ މަތިން ހަނދާންހުރީކިތައް ބޭފުޅުން ހެއްޔެވެ.

61 އަހަރުގައި ވެސް އިސްރާއީލުގެ ނިރުބަވެރިންނާ އެންމެ ކުރީސަފުގައި ހަނގުރާމަކުރަމުން ދަނިކޮށް އަބޫ އިބްރާހީމް ޝަވެފައިވަނީ މިއަހަރުގެ އޮކްޓޯބްރުމަހުގެ 17 ވަނަ ދުވަހު ޣައްޒާގެ ދެކުނުގެ ރަފާޙް ގައެވެ.

އަބޫ އިބްރާހީމް އުފަންވެފައިވަނީ 29 އޮކްޓޯބަރު 1962 ގައި ޣައްޒާގެ ދެކުނުގެ ޚަން ޔޫނިސް ގައެވެ. 

ޝަހީދު ކޮމާންޑާ ޔަޙްޔާ ވަނީ 1989 ވަނަ އަހަރުގައި އިސްރާއީލުގެ ނިރުބަވެރިން ހައްޔަރުކޮށް 4 ފަހަރަށް އުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.

ކޮމާންޑާ ޖަލުގައި ހުންނެވި އިރު "الشوك والقرنفل" ނުވަތަ "ދަ ތޮރޯން އެންޑް ކާރނޭޝަން" ގެ ނަމުގައި ވަނީ ފޮތެެއް ލިޔުއްވާފައެވެ.

22 އަހަރު ޖަލުގައި ހޭދަކުރުމަށްފަހު 2011 ވަނައަހަރު ވަފާ އަލް، އަހްރާރު ޑީލްގެ ދަށުން ޝަހީދު ކޮމާންޑާ ޔަޙްޔާ އަދި އިތުރު 1027 މީހުން މިނިވަން ކުރެވިގެން ދިޔައެވެ.

އެއަށްފަހު ޝަހީދު ކޮމާންޑާ ޔަޙްޔާ ދިޔައީ ޣައްޒާގައި ވެރިކަން ކުރުމުން ދިޔަ ޙަމާސްގެ މިލިޓަރީވިންގު ކަމުގައިވާ އަލް-ޤައްސާމް ބުރިގޭޑްގެ މުޖާހިދުންނާ އެކީގައި އިސްރާއީލާ ދެކޮޅަށް ޕުލޭންތަށް ކުރަމުންނެވެ.

އެގޮތުން 2018 ވަނަ އަހަރުގައި ޝަހީދު ކޮމާންޑާ ޔަޙްޔާ ސިންވާރު ހަމާސްގެ ޣައްޒާގެ ރައީސް އަކަށް ހޮވުނެވެ.

ފަލަސްތީނު މިނިވަން ކުރުމަށް 7 އޮކްޓޯބަރު 2023 ވަނަ އަހަރުގައި ފެށުނު ހަނގުރާމަ ފުލޭން ކުރުމުގައި އެންމެ ކުރީ ސަފުގައި ހުންނެވީ ޝަހީދު ކޮމާންޑާ އަބޫ އިބްރާހީމެވެ.

މިގޮތުން އިސްރާއީލުން ޝަހީދު ކޮމާންޑާ ޔަޙްޔާ ހުންނަނީ ސުކޫލު ނުވަތަ ހޮސްޕިޓަލުތަކުގައި ކަމަށް ބުނެ ހަދަމުންދިޔަ ދޮގުތަކަށް ރައްދު ދެމުން ޙަމާސް އިން ބުނެފައިވަނީ ޝަހީދު ކޮމާންޑާ ޔަޙްޔާ ވަނީ އެންމެ ކުރީ ސަފުގައި އިސްރާއީލުގެ ނިރުނަވެރިންނާ އެންމެ ފަހުނޭވަޔާ ހަމައަށްވެސް ވަނީ ހަނގުރާމަކޮށްފަކަމަށެވެ.އަދި ޝަހީދު ކޮމާންޑާ ޔަޙްޔާ ސިންވާރު އާންމުންގެ ތެރޭގައި ނޫޅޭކަންވެސް ވަނީ ހަމާސް އިން ކަށަވަރުކޮށްދީފައެވެ.

ޝަހީދު ކޮމާންޑާ ޔަޙްޔާ ސިންވާރު އިސްރާއީލިގެ ނިރުބަވެިންނާ ހަނގުރާމަ ކުރާވީޑިއޯވެސް ވަނީ ޤައްސާމް އިން އާންމުކޮށްފައެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ހަމާސްގެ ކުރީގެ ޕޮލިޓިކަލް ބިއުރޯ ގެ ރައީސް އިސްމާޢީލް ހާނިއްޔާ އިރާނުގެ ތަހުރެއިންގައި ހުންނަވަނިށް 31 ޖުލައި ގައި ޝަހީދުކޮށްލުމުން އޭގެ 6 ދުވަސްފަހިން ޝަހީދު ކޮމާންޑާ ޔަޙްޔާ ސިންވާރުވަނީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯ ގެ ރައީސްގެ ގޮތުގައި ހަމަޖައްސާފައެވެ.

ނަމަވެސް ޝަހީދު ކޮމާންޑާ ޔަޙްޔާ ސިންވާރު ހަމާސްގެ ޕޮލިޓިކަލް ބިއުރޯ ގެ ރައީސްގެ ގޮތުގައި ހަމަޖެއްސިތާ 2 މަހާއި 11 ދުވަސްފަހުން އެންމެ ކުރީސަފުގައި ޖިހާދުކުރަމުންދަނިކޮށް ޣައްޒާގެ ދެކުނުގެ ރަފާޚް ބުރުގޭޑްގެ ކޮމާންޑަރާއެކުގައިވަނީ ޝަހީފުވެފައެވެ.

ޝަހީދު ކޮމާންޑާ ޔަޙްޔާ ސިންވާރު ޝަހީދުވިނަނަވެސް ޣައްޒާގެ މުޖާހިން ހިއްވަރު އެލުވައެއް ނުލައެވެ. ކޮންމެ ދުވަހަކުވެސް އެ މުޖާހިދުން ދަނީ އިސްރާއީލުގެ އެތަށް ނިރުބަވެރި ސިފައިންގެ މީހުނެއް މަރަމުންނެވެ. 

މާތް الله ފަލަސްތީނުގެ މުޖާހިދުން ކުރަމުންދާ ޖިހާދުގައި ބަރަކާތްލައްވައި ޝަހީދުންގެ މަތިވެރި ދަރަޖަދެއްވައި މުޖާހިދުންނަށް ނަސްރާއި ކާމިޔާބު މިންވަރު ކުރައްވާށި!އާމީން.