އޮޕަރޭޝަން ލަކްސަރ: އޮސްޓްރިއާގެ މުސްލިމުންނާ ދެކޮޅު ރޭޑްތަކުގެ ހަނދާން އާކުރުން

އެރވިން ޝެރިއޯ/އޭޕީއޭ/އޭއެފްޕީ ވިއާ ގެޓީ އިމޭޖްސް

6 މަސް ކުރިން
|
0

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، އޮސްޓްރިއާގެ ފުލުހުންގެ އެންމެ ބޮޑު ރޭޑްތައް ހިންގާފައި ވަނީ ނޮވެމްބަރު 9، 2020 ގައެވެ. ފަތިހުގެ ވަގުތުގައި ހާހެއްހާ ގާނޫނު ތަންފީޒުކުރާ އޮފިސަރުން ވަނީ 70 އަށް ވުރެ ގިނަ މުސްލިމް ގޭބިސީއަށް، ވަދެފަ އެވެ.

އެއްވެސް މީހަކު ހައްޔަރު ނުކުރި ނަމަވެސް، ފުލުހުން ވަނީ ފައިސާ އާއި މުދަލާއި ކުޑަކުދިންގެ ހިފާގެންނުޅޭ ތަކެތި ގެންގޮސްފައެވެ. އޮޕަރޭޝަން ލަކްސަރ އިން ސަލާމަތްވި މީހުންނަށް ނަފުސާނީ، މާލީ އަދި ޖިސްމާނީ ބޮޑެތި ގެއްލުންތަކެއް ތަހައްމަލު ކުރަންޖެހުނެވެ. ދައުލަތުން މިގޮތަށް ބިރުދެއްކުމުގެ ސަބަބުން ނަފުސާނީ ބޮޑެތި ގެއްލުންތަކެއް ކުޑަކުދިންނަށް ވެސް ލިބުނެވެ.

އޮޕަރޭޝަން ލަކްސަރަކީ އޮސްޓްރިއާ ސަރުކާރުން ޚާއްސަކޮށް އޯވީޕީ (އޮސްޓްރިއާ ޕީޕަލްސް ޕާޓީ) އިން ހިންގި ސިޔާސީ އެޖެންޑާއެއްގެ ބައެއް ކަމަށާއި މި އޮޕަރޭޝަން ރަސްމީކޮށް ފްރޭމްކޮށްފައިވަނީ އޮސްޓްރިއާގައި "މުސްލިމުން ސިޔާސީވުން" ހުޓުވުމަށްކަމަށް  އެސް ޓޫ ޖޭ ނިއުސް އުން ހާމަކުރެއެވެ. އޭރުގެ ޗާންސެލާ ސެބަސްޓިއަން ކަރޒްގެ ވެރިކަމުގައި މިކަން ހިންގީ މުސްލިމް މުޖުތަމައުގެ ތެރޭގައި އޮތީ ހަރުކަށި ފިކުރުކަމާއި އެކަމާ އެމީހުން  ދެކޮޅުކަން ހާމަކޮށްދިނުމަށް ކަމަށް ވެސް އެ ނޫހުގައިވެއެވެ.

މި ރޭޑްތަކުގެ ސަބަބުން މުޖުތަމައުގެ ގިނަ ބަޔަކަށް ވަނީ އަސަރުކޮށްފައެވެ. އޭގެ ތެރޭގައި އިސްވެރިންނާއި އިމާމުންނާއި ޢިލްމުވެރިންނާއި ކުޑަކުދިންވެސް ހިމެނެއެވެ. ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ހާމަކުރާ ގޮތުގައި 62 އަށް ވުރެ ގިނަ ކުދިންނަށް ވަނީ ނަފްސާނީ ގޮތުން މިކަނުގެ ނޭދެވޭ އަސަރުކޮއްފައެވެ. މިރެއިޑް އަމާޒުވި މީހުންގެ ތެރޭގައި ސިޔާސީ ޢިލްމުވެރިއެއް ކަމަށްވާ ފަރީދު ހާފިޒް ފަދަ ފާހަގަކޮށްލެވޭ ފަރާތްތައް ހިމެނެއެވެ.

މި އޮޕަރޭޝަނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވީ މި އޮޕަރޭޝަނުގެ އެއްވެސް ބުރަދަނެއް ނެތުމާއި ގާނޫނީ ގޮތުން ޖަސްޓިފިކޭޝަން ނެތުމާއި، އޮސްޓްރިއާގެ މުސްލިމް މުޖުތަމަޢަށް ކުރާ އަސަރުތަކުގެ ސަބަބުންނެވެ. ފާޑުކިޔުންތެރިން ބުނާ ގޮތުގައި އެއީ އަސްލު ކައުންޓަރ ޓެރަރިޒަމަށް ވުރެ ބޮޑަށް އެތެރޭގެ ސިޔާސީ މައްސަލަތަކުން ސަމާލުކަން އެއްފަރާތް ކުރުމަށް ކުރި ކަމެއް ކަމަށެވެ. ހާއްސަކޮށް އޭރުގެ ޗާންސެލާ ކުރްޒްއާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތަށް އޮއްބާލުމަށް ކަމަށް މީޑިޔާތަކުން ހާމަކުރެއެވެ.

ގިނަ ބަޔަކު ވަނީ މި އޮޕަރޭޝަނަކީ "ޖައިގަންޓިކް ފްލޮޕް" އެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެއީ މިފަދަ ބޮޑު ކަމެއް އެމީހުންގެ ބޮލުގައި އަޅުވާއިރު އެއްވެސް ހެއްކެއް ގަރީނާއެއް ނެތަތީއެވެ.

ފުރަތަމަ އޮސްޓްރިއާގެ މީޑިއާތަކުން އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ސަރުކާރާއި އެއްކޮޅަށް ވާހަކަ ދެއްކި ނަމަވެސް ދުވަސް ކޮޅެއް ފަހުން ފާޑުކިޔުންތެރިން ސުވާލު އުފައްދަން ފެށިއެވެ. އެ އޮޕަރޭޝަން ހިންގީ ގާނޫނޫ ހުދޫދުގެ ތެރެއިން ތޯއާއި ސަރުކާރުގެ ނިޔަތާ މެދު ސުވާލު ކުރިއެވެ.

ދަ ގްރާޒް ހަޔަރ ރީޖަނަލް ކޯޓުން ވަނީ އެ ރޭޑްތައް ގާނޫނާ ހިލާފު ކަމަށް ބުނެފައެވެ. ތަހުގީގުން ހާމަވީ އިތުބާރު ހުރި ހެކިތަކެއް ނެތްކަމެވެ. ތަހުގީގުގެ ތެރޭގައި އެއްކުރި ޑޭޓާ ނައްތާލިކަމަށް ހަބަރު ތަކުގައިވެއެވެ.

އިތުރަށް ބެލި ބެލުމުން އެގުނީ  އޭގައި ބޭރުގެ ނުފޫޒުވާކަމެވެ. ޚާއްޞަކޮށް އިސްރާއީލާއި މިސްރު އަދި ޔޫއޭއީ ގެ އަތެއްމިކަމުގައި އޮތް ކަމެވެ.

މި އޮޕަރޭޝަނަށް މިހާރު ހަތަރު އަހަރުވެފައިވީ ނަމަވެސް އޮސްޓްރިއާގެ މުސްލިމުންގެ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ގިނަކަންކަން އަދިވެސް ވަނީ ހުއްޓުވާފައެވެ. އެއްވެ އުޅުމުގެ މިނިވަންކަމާއި ޖަމްޢިއްޔާ އުފެދުމުގެ މިނިވަންކަމާއި ޑިމޮކްރެޓިކް ބައިވެރިވުން ތަކުން އޮސްޓްރިއާގެ މުސްލިމުން ވަނީ މަހުރޫމް ކޮށް އަދި ދައުލަތުގެ ފިއްތުންތަކުގެ ކެމްޕޭން ކުރިއަށް ގެންދާކަމުގައި ހަބަރުތަކުގައިވެއެވެ.