35އަހަރުގެ ޒުވާން ކުޅުންތެރިޔާ އިސްލާމްވީ 6 ޑިސެންބަރު 2024ވީ ހުކުރުދުވަހުއެވެ. ލީބިއާގެ އަޙުމަދު ޒައްރޫޤު މިސްކިތުގައި ހުކުރު ނަމާދުގެ ޖަމާއާތަށް ހާޒިރުވެ ތިބި ހުރިހާ ނަމާޒީންގެ ކުރިމަތީ، އެ މިސްކިތުގެ އިމާމްގެ އަޑުދަށުން ތައުޙީދުގެ ކަލިމަ "أشهد أن لا إله إلا الله، وأشهد أن محمد رسول الله" ކިޔައި ޖޭކޮބް އޭނާގެ އިސްލާމްކަން ފާޅުކުރިއެވެ. އެ ވަގުުތު މިސްކިތުގެ ޖަމާޢަތުން އުފާވެރިކަމުގެ އަޑު އުފުލިގެން ދިޔައެވެ. ތަކްބީރުގެ އަޑު ގުގުމާލިއެވެ. الله إكبر، الله إكبر، الله إكبر.
ޖޭކޮބް އޭނާގެ ނަން އެ ދުވަހުންފެށީގެން ބަދަލުކޮށްފައިވަނީ "މުޙައްމަދް"އަށެވެ. "މި ކަން އަހަރެން ޚިޔާރުކުރީ ރަސޫލާ صلى الله عليه وسلمއަށް ކުރެވޭ ލޯތްބާއި އިޙުތިރާމަށް ޓަކާ" ކުރީގެ ޖޭކޮބް މިހާރުގެ މުޙައްމަދު ބުންޏެވެ.
"އަހަރެން އިސްލާމްވީ އަމިއްލަނަފުސަށް މިކަން ވަރަށް ރަނގަޅަށް ފަހުމުވެގެން އެއްވެސް މީހެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި" މުޙައްމަދު ބުންޏެވެ.
އިސްލާމްދީނާ ދިމާލަށް އަހަރެންގެ ދަތުރުފެށީ މީގެ އެތައް އަހަރެއްގެ ކުރިން. އެއީ އިސްލާމްދީނުގެ މަޢުލޫމާތު ހުންނަ ފޮތްފޮތް ކިޔުމާއި މިސްލާމީ މުޖުތަމަޢުތަކުގައި އެ މީހުންގެ ދިރިއުޅެމުން އަންނަ ގޮތްތައް ބަލަައިގެން. އަދި މަގޭ ދައްތައެއް ވަނީ މީގެ އަހަރުތަކެއް ކުރިން އިސްލާމް ވެސް ވެފައި" މުޙައްމަދު ބުންޏެވެ.
އޭނާއަށް މި ކަމުގައި އެހީތެރި ވެދިން ކަމަށް ޓަކައި އެ މިސްކިތާއި އެ މިސްކިތް ހުންނަ ސަރަޙައްދުގައި އުޅޭ އެންމެންނަށް އޭނާ ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. އެންމެ ބޮޑު ޝުކުރެއް އޭނާ އަދާކޮށްފައި ވަނީ ސެނެގާލްގެ މުސްލިމް ކުޅުންތެރިއެއް ކަމަށްވާ ބާބާ އޮސާމާއަށެވެ. އޭނާ ވަނީ މޫހައްމަދުގެ މި ދަތުރުގައި އޭނާއަށް ރަނގަޅު މަގު ދައްކައިދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް ދީފައި ވާ ކަމަށް މުޙައްމަދު ބުންޏެވެ.
އިސްލާމްކަމަކީ ﷲގެ ޙަޟްރަތުން އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ ހިދާޔަތް ލިބުމެވެ. އެ ނިޢުމަތް މުޙައްމަދަށް (ޖޭކޮބަށް)ދެއްވި ކަމަށް ޓަކައި އަޅުގަޑުމެން ހުރިހާ މުސްލިމުން ވެސް ވަރަށް އުފާވެއެވެ. މުޙައްމަދަށާއި އަޅުގަނޑުމެން އެންމެންނަށް ވެސް ދީނުގައި ސާބިތުވެ ތިބުމުގެ ތައުފީޤު ދެއްވާށިއެވެ. آمين