2023ގެ އޮކްޓޫބަރު މަހުން ފެށިގެން މިއަދާ ހަމައަށް ފަލަސްޠީނުގެ 341 ފުޓުބޯޅަކުޅުންތެރިން ޝަހީދުކޮށްފައި ވާއިރު ވެސް ފީފާއިން އެއްވެސް އެއްޗެއް ބުނެފައެވެ. ނެތެވެ.
ފީފާއަކީ ދުނިޔޭގެ ފުޓުބޯޅަ ކުރިއަރުވާ ޖަމިއްޔާކަމަށް ވެފައި އެ ކުޅިވަރުކުޅުމަށް ޤައުމުތަކުން ނުކުންނަ ކުޅުންތެރިންނަށް ލިބޭ ލާއިންސާނީ ނިކަމެތި ކަމުގައި ވާހަކަ ދެއްކުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ.
އިސްރާއީލުގެ ލާ އިންސާނީ ޓެރަރިސްޓު ޙަމަލާތައް ޣައްޒާއާއި ޕަލަސްޠީނުގެ އެހެން އަވައްތަކުގައި ހިންގަމުންދީ ދިޔުމުގައި މިހާތަނަށް ޝަހީދުވެފައި ވާ އެއްވެސް ފުޓުބޯޅަ ކުޅުންތެރިއެއްގެ ޙައްޤުގައި ވެސް ދިފާޢުގައި އެއްވެސް އެއްޗެއް ފީފާއިން މިހާތަނަށް ބުނެފައެއް ނެތެވެ.
މިއީ ފީފާއިން ކުޅުންތެރިންގެ ރައްކާތެރިކަމާ ސަލާމަތަށް އެއްވެސް ފަރުވާލެއް ނުބަހައްޓާތީ ވާގޮތެއްތޯ ނުވަތަ ވަކި ނަސްލަކަށް ނިސްވާ ބަޔަކަށް ވީތީ ވެފައި އޮތް އިހުމާލެއްތޯ ނިންމާނީ ކިޔުންތެރިންނެވެ.